February 25, 2026
Advertisement
ކާބޯތަކެތި އަތް ފޯރާ ފަށުގައި ކަމަށް ބުނި ނަމަވެސް އޮރެންޖުވެސް ހުރީ 10 ރުފިޔާއިން މަތީގައި!
ކާބޯތަކެތި އަތް ފޯރާ ފަށުގައި ކަމަށް ބުނި ނަމަވެސް އޮރެންޖުވެސް ހުރީ 10 ރުފިޔާއިން މަތީގައި! / ސޯޝަލް މީޑިއާ

ކާބޯތަކެތި އަތް ފޯރާ ފަށުގައި ކަމަށް ބުނި ނަމަވެސް އޮރެންޖުވެސް ހުރީ 10 ރުފިޔާއިން މަތީގައި!

Feb 21, 2026, 05:24 PM
މާލެ ސިޓީ

ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އޭގެ އަގު މައްޗަށް އަރައިފިއެވެ.

Advertisement

މާލެ އާއި ހުޅުމާލޭގެ ބައެއް ކަންމަތީ ފިހާރަތަކުން އަދި މާރުކޭޓުގެ ގިނަ ގޮޅިތަކުން ވެސް ވަނީ އޮރެންޖު ހުސްވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޯދަ މަސް ފެށުމުގެ ކުރިން، އޮރެންޖުގެ އަގު ހުރީ -/5ރ. އާއި -/7ރ.އާ ދެމެދުގައި ނަމަވެސް ރޯދަ މަސް ފެށުމާ އެކު ބައެއް ފިހާރަތަކުން އޮރެންޖުގެ އަގު -/7ރ. އާއި -/10ރ.އާ ދެމެދުގެ އަގަކަށް ޖެއްސިއެވެ.

ޒަރޫރީ ކާބޯތަކެތި ހެޔޮ އަގުގައި ވިއްކާނެ ކަމަށްބުނެ އެސްޓީއޯއިން އޮރެންޖު ކިލޯއެއް ވިއްކަނީ -/40ރ އަށެވެ. އެއީ ގާތްގަނޑަކަށް އޮރެންޖެއް -/6ރ. އަށެވެ.

އެސްޖޭ މޯލް ފަދަ ބޮޑެތި ތަންތަނުގައި އޮރެންޖު ކިލޯއެއް -/60ރ.ގައި ހުރިއިރު، އޮރެންޖެގެ އަގު ޖެހެނީ ގާތްގަނޑަކަށް -/8ރ.އިން މައްޗަށެވެ. ރެޑްވޭވްގެ ފިހާރަތަކުން އޮރެންޖު ވިއްކަމުން އައީ -/8ރ.ގައެވެ.

މާރުކޭޓުގެ ބައެއް ގޮޅިތަކުގައި މިހާރު އޮރެންޖެއްގެ އަގު ވަނީ -/10ރ.އަށް އަރާފައެވެ. ބައެއް ގޮޅިތަކުން އޮރެންޖު ވަނީ އެއްކޮށް ހުސްވެސް ވެފައެވެ.

ރޯދަ މަސް ފެށިއިރު، ހޯލް ސޭލް ފިހާރަތަކުން އޮރެންޖު ކޭހެއް ވިއްކަމުން އައީ -/850ރ.އަށް ނަމަވެސް، މިހާރު ހުރީ -/950ރ.އަށް ކޭހެއް ކަމަށް މާރުކޭޓުގެ ގޮޅިތަކުގެ ވެރިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved