ބަންގްލަދޭޝްގައި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް ކުށްވެރިވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން އދ. އިން މިކަމަށް މަރުހަބާ ކިޔައިފިއެވެ. ނަމަވެސް އެ މައްސަލާގައި މަރުގެ އަދަބު ދިނުމާ މެދު އދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އދ އިން ބުނީ މި މައްސަލަ ގުޅިފައިވަނީ މިދިޔަ އަހަރު މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ހިންގި އަނިޔާތަކާ ކަމަށެވެ. އެގޮތުން އެ ހުކުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ޝިކާރައަކަށް ވެފައިވާ މީހުންނަށް ބަދަލު ލިބޭކަން އދ އިން ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސް މަރުގެ ހުކުމް އިއްވުމާ ގުޅިގެން އދ. އިން ވަނީ ސީރިއަސް ކަންބޮޑުވުމެއް ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ މަރުގެ އަދަބު ދިނުމާ ހުރިހާ ހާލަތެއްގައި ވެސް ދެކޮޅު ހަދާ ކަމަށެވެ.
އދ.އިން ވަނީ ބަންގްލަދޭޝްއަށް އިލްތިމާސްކޮށް، ގައުމު ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވުމަށްޓަކައި ހަގީގަތާއި، އިންސާފާއި، ބަދަލުކުރުމާއި، ގައުމީ ސުލްހައަށް އަމާޒުކޮށްގެން ފުޅާ ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށެވެ.