March 15, 2026
Advertisement
.
. / ޕޮލިސް

ރާއްޖޭއަށް މަސްތުވާތަކެެތި ފޮނުވަން ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ

Yana Shareef
ޔާނާ ޝަރީފް
Dec 25, 2025, 06:59 AM

ބޭރު ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރި ވަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ތަހުގީގު ހިންގުމަށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

މިފަދައިން ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފުއެވެ.

ނާއިފް ވިދާޅުވީ މިފަދަ ފަރާތްތައް އެންމެ ގިނައިން ހަރަކާތްތެރިވަނީ ދެކުނުއިރުމަތީ އޭޝީއާގެ ގައުމުތަކުގައި ކަމަށެވެ.

އެއީ ތައިލޭންޑް މެލޭޝިއާ ފަދަ ދިވެހިން ގިނަ އަދަދަކަށް އުޅޭ ގައުމުތަކެވެ. އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަނީ އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށްކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ބަދިގޭގެ ސާމާނާއި އިލެކްޓްރޯނިކް ސާމާނުގައި މަސްތުވާތަކެތި ރައްކާ ކުރުމަށް ފަހު ރާއްޖެއަށް ފޮނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރު ވެސް ތަހުގީގުތަކުގެ ތެރެއިން ގައުމުތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަސާއި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއަށް އެތެރެކުރަން އުޅުނު 498 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގަތްކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved