April 29, 2026
Advertisement
-
- / އިންޑަޕެންޑެންޓްޕްރެސް

ކްރިސްމަސްއާއި ދިމާކޮށް ހިންދޫއިން ކްރިސްޓިއަނުންނަށް ޖެއްސުން ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 26, 2025, 04:42 AM
މާލެ ސިޓީ

މިހާރު ކުރިއަށްދާ ކްރިސްމަސް ދުވަސްވަރު ހިންދޫ ދީނުގެ މީހުން ކްރިސްޓިއަން ދީނުގެ މީހުންނަށް ޖެއްސުންކޮށް، އެމީހުންގެ ދީނީ އަޅުކަންތަކަށް ހުރަސްއަޅާ ކަމުގެ ޚަބަރުތައް ސޯޝަލް މީޑިއާ އެކި ވަސީލަތްތަކުން ރިޕޯޓްކޮށްފިއެވެ. ޚާއްސަކޮށް، ބައެއް ގައުމުތަކުގައި މިފަދަ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ކްރިސްޓިއަން މުޖުތަމައުތަކުގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement

މިފަދަ ހަރަކާތްތަކުގެ ތެރޭގައި ކްރިސްޓިއަން ފައްޅިތަކަށް ހަމަލާދިނުމާއި، ދީނީ ރަސްމިއްޔާތުތައް ހުއްޓުވުމާއި، އަދި ކްރިސްޓިއަނުންނާ ދެކޮޅަށް ފާޅުގައި ނަފުރަތު އުފައްދާ ވާހަކަތައް ދެއްކުން ހިމެނެއެވެ. މިކަންކަން ހިންގަނީ ސީދާ ކްރިސްމަސް ދުވަސްވަރު ފައްޅިތަކުގައި ބާއްވާ ޚާއްސަ ހަރަކާތްތަކާ ދިމާކޮށެވެ. މިއީ ހިންދޫން ގަސްތުގައި ނަފުރަތު އުފެއްދުމާއި، އެހެން ދީންތަކަށް އިހްތިރާމްނުކުރުމުގެ ނިޔަތުގައި ހިންގާ ހަރަކާތްތަކެއް ކަމަށް ބެލެވެއެވެ.

މިފަދަ ހަރަކާތްތައް ފުޅާވެފައިވަނީ މައިގަނޑު ގޮތެއްގައި ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކުގައެވެ. ކްރިސްޓިއަން މަދަނީ ޖަމިއްޔާތަކުން ވަނީ އެމީހުންގެ މުޖުތަމައުތަކަށް ރައްކާތެރިކަން ދިނުމަށް ސަރުކާރުތަކަށް ގޮވާލާފައެވެ.

އެއްވެސް ދީނެއްގެ އަހުލުވެރިންނަށް ޖެއްސުންކޮށް، ނަފުރަތު އުފެއްދުމަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަމަށާއި އެއްބައިވަންތަކަމަށް ހުރަސްއަޅާ ކަމެކެވެ. ހިންދޫންނަކީ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ކުރުމަށް ލާމަސީލު ބައެއްކަން ފާހަގަކުރެވެއެވެ. މިގޮތުން އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ހިންދޫ ދީނުގެ މީހުންތައް ކުރަމުންދާ ޖެއްސުންތަކާއި އަނިޔާތައް އަންނަނީ ހައްދުފަހަނައަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved