April 18, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ގައުމު ދަނީ އެމްޑީއެންގައި އެ ފާޅުކޮށްފައި ހުރި ނުރައްކާތެރި ވިހަ ޝިއާރުތަކާއި ދިމާއަށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 11:28 PM
މާލެ ސިޓީ

މިހާރު ގައުމު މިދަނީ އެމްޑީއެންގައި އެ ފާޅުކޮށްފައި ހުރި ނުރައްކާތެރި ވިހަ ޝިއާރުތަކާއި ދިމާއަށް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދުނިޔޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ ސާވޭތަކުގައި ފެނިގެން ދަނީ ލާދިނީ ޖަމްއިއްޔާ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ހުންނަ ކަންތައްތަކަށް ބާރު ލިބޭ ގޮތަށް ހުންނަ މަންޒަރު ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ، މި ދޭތެރެއިން ކުރި ސާވޭ އެއްގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ނަސާރާ ދީނަށް އެންމެ ބޮޑު މެޖޯރިޓި އޮންނަ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި، އިސްލާމްދީނަށް އަޅުކަން ކުރަން ހުއްދަދީ މިސްކިތްތައް އަޅަން ހުއްދަދޭ އުސޫލުން ރާއްޖޭގައި ވެސް ނަސާރާދީން ނުވަތަ އެހެން ދީންތަކަށް ވެސް ފުރުސަތުދީ ފައްޅިއާ ފާދިރީގެތައް އަޅަން ހުއްދަ ނުދޭންވީ ސަބަބެއް ނެތް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެއީ ޖެހި ނުރައްކަލުގެ ރަނގަބީލެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ދީނީ މިނިވަންކަން ދީފި ނަމަ މުޅި މުޖުތަމައު ހަލާކުވެގެން ދާނެ ކަމަށާ އެފަދަ ކަންކަން ވެސް ރީސެޓުކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހި ދިދައިގެ ދަށުގައި ތިބެ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އެފަދަ ކަންކަމަށް ގޮވާނުލެވޭނެ ކަމަށާ ވަގުތުން އެކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved