March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރިސޯޓެއްގައި އަންހެނަކު ބަނޑުބޮޑުވެ، ކުއްޖާ އެއްލާލި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 27, 2025, 05:21 PM
މާލެ ސިޓީ

ރާއްޖޭގެ ވ. އަތޮޅު ރިސޯޓެއްގައި ދިވެހި ޒުވާން އަންހެނަކު ބަނޑުބޮޑުވެ، ކުއްޖާ ބައިގެން ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

އަންހެނަކު ބަލިވެއިނދެ، އޭނާ ވިހެއި ކުއްޖާ ބައިގެންގޮސް ނިޔާވެފައިވާކަމަށް ރިޕޯޓްކުރެވުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މިކަމުގެ ތަހުގީގު ފަށާފައެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވ. ސިނަމަން ވިލުފުށީ ރިސޯޓުގައެވެ. މި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދާ ދިވެހި އަންހެނަކު ބަލިވެއިނދެ، އޭނާ ވިހެއި ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަފްސީލުތައް ސާފުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އަންހެން މީހާ ދަރިފުޅު ވިހެއީ ރިސޯޓުގެ ސްޓާފް އެކޮމޮޑޭޝަނަށް ކަމަށް ވެއެވެ. އަދި އެ އެކޮމޮޑޭޝަންގެ ބްލޮކެއްގެ ޑަސްބިނަކުން ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ކުއްޖާ ފެނުނީ އެ ސަރަހައްދުން ކުނިވަސް ދުވައިގެން އެކޮމޮޑޭޝަން ބްލޮކް ބަލަމުން ދަނިކޮށް، ޑަސްބިނުންނެވެ. އެ ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިކަމާ ގުޅިގެން ރިޕޯޓެއް ލިބިފައިވާ ކަމަށާއި، މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިފަދަ ސީރިއަސް މައްސަލައެއްގައި ފުލުހުންގެ ތަހުގީގު ނިމުމުން އިތުރު ތަފްސީލުތައް ހާމަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved