March 15, 2026
Advertisement
.
. / ޕޮލިސް

ރޭޕްގެ ތުހުމަތުގައި ނުވަ ފަހަރު ހޯދަން އިއުލާނު ކުރި މީހާ ހައްޔަރު ކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 27, 2025, 09:02 PM

ރޭޕްގެ ތުހުމަތުގައި ނުވަ ފަހަރު ހޯދަން އިއުލާނު ކުރި މީހާ ހައްޔަރު ކޮށްފައިވަނީ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ނެވެ.

Advertisement

ފުލުހުން ބުނީ، ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި، ކޯޓުން ފުލުހުންގެ މައްޗަށް އެކި ފަހަރު މަތިން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި އަމުރުތަކާ ގުޅިގެން، ފުލުހުން ވަނީ މިހާތަނަށް ނުވަ ފަހަރެއްގެ މަތިން އޭނާ ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް މިއަދު އިޒާމް ހައްޔަރު ކުރެވިފައި ވަނީ އޭނާ އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލް އަށް ހާޒިރު ވުމުން ނެވެ.

އިޒާމް ޒާހިރު ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved