February 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހޯރަފުށީ އެއާޕޯޓުގެ މޯލްޑިވިއަން އޮފީސް ފަޅާލައި ވައްކަންކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 28, 2025, 10:13 PM

ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ ހޯރަފުށީގެ މޯލްޑިވިއަން އެއާލައިންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ރޭގެ ފަތިހު 4:00 ހާއިރު، ލިބިފައިވާ ކަމަށެވެ.

ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މިހާތަނަށް އެނގިފައިވާ ގޮތުން އެ އޮފީހުން ވަގަށް ނަގާފައި ވަނީ ކާގޯ ދެ ފޮށިގަނޑެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮފައިނުވެ އެވެ. ނަމަވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ރަށުގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އެއާލައިންގެ އޮފީސް ފަޅާލައި ވައްކަން ކުރި މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ.

މި ހާދިސާ ހިނގުމުގެ ކުރިން މީގެކުރިން ވަނީ ވެލާނާ އެއާޕޯޓުގައި ވެސް ޑޮލަރު ބްރިފްކޭހެއް ވެސް މޫނު ނިވާކޮށްގެން ތިބެ ފޭރިފައެވެ. މި މައްސަލައިގައި ހުރާ އިން ބަޔަކު ހައްޔަރުކުރި ނަމަވެސް ފޭރުނު ޑޮލަރުތައް އަދިވެސް ހޯދިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved