theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރާއްޖެއަށް ގެނައި އޭ330 މަތިންދާބޯޓު / ރައީސް އޮފިސް
ހަބަރު
މާދަމާ ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ ފަސިންޖަރުން ސަމާލުވުމަށް އަންގައިފި
Sudha Latheef
ސުދާ ލަތީފް
25 ޖުލައި 2025
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް މާދަމާ ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ފަސިންޖަރުން ސަމާލުވުމަށް މޯލްޑިވިއަނުން އަންގައިފިއެވެ.

ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސެންޖަރ ޓާމިނަލް ހުޅުވާތީ އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަހައްދުތަކުގައި ދުއްވާއެއްޗެހި ގިނަވާނެކަމަށްް ލަފާކުރެވޭކަމަށެވެ.

ދަތުރުގެ ކަންކަން އޮމާންކަމާއިއެކު ކުރިއަށްގެންދިއުމަށް ދަތުރުކުރާ ހުރިހައި ފަސިންޖަރުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ބައިނަލްއަޤްވާމީ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ވީހާވެސް އަވަހަށް ޗެކްއިންކޮށް ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށާއި ކުރިއާލާ ދަތުރުރާވައި މަގުތައް ތޮއްޖެހޭނެކަމަށް ބަލައި އެއަރޕޯޓަށް ވަގުތު އޮއްވައި އައުމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved