theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްޑީޕީގެ ލީޑަރޝިޕް / އެމްޑީޕީ
ހަބަރު
އެއް ފަހަރާ ބޮޑު އަދަދެއް ފައިސާ ދައްކަން އެމްޑީޕީގެ މައްޗަށް ހުކުމެއްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
30 ޖުލައި 2025
މާލެ ސިޓީ

އެއް ފަހަރާ 3.5 މިލިއަން ރުފިޔާ ދައްކަން އެމްޑީޕީގެ މައްޗަށް ހުކުމެއްކޮށްފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ، 5.6 މިލިއަން ރުފިޔާއާ ގުޅޭ މައްސަލައިގެ ހުކުމް އިއްވަމުން ސިވިލް ކޯޓުން ބުނެފައިވަނީ، މައްސަލައިގައި ކުރިން ޝަރީއަތް މެދުވެރިކޮށް އެމްޑީޕީއާއި މޯލްޑިވިއަންއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމެއް ހަދައި، 2027 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވެފައި އޮތް ނަމަވެސް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް އެއް ފަހަރާ ދެއްކުމަށެވެ.

އެގޮތުން ސެޓްލްމެންޓް އެއްބަސްވުން އުވާލައި، އެއް ފަހަރާ ގައުމީ އެއާލައިނަށް 3.6 މިލިއަން ރުފިޔާ ދައްކަން އެމްޑީޕީގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ގާޒީ ސިނާން އަލީ ކުރެއްވި ހުކުމުގައި ބާކީ ހުރި 3.6 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާފައެވެ. އެމްޑީޕީން އެ ފައިސާ ނުދައްކަން ދައްކާފައިވާ ހުއްޖަތަކީ، އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް މޯލްޑިވިއަނުން އެކަމާ ހެދީ ދެކޮޅެވެ.

ސެޓްލްމެންޓް އެއްބަސްވުމުގައި އޮތީ، ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކައި އޮތުމުން، މޯލްޑިވިއަނުން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައި، އެދުނީ ބާކީ ހުރިހާ ފައިސާއެއް އެއް ފަހަރާ ހޯދާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?