March 9, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެމްޑީޕީގެ އެކައުންޓުތައް ފްރީޒްކުރަން އެދެފި

Yana Shareef
ޔާނާ ޝަރީފް
Oct 3, 2025, 07:50 AM

އައިލެންޑް އޭވިއޭޝަނަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްދޭން އެދި ސިވިލް ކޯޓަށް އެ ކުންފުނިން މައްސަލަ ހުށަހަޅައިފިއެވެ.

Advertisement

މިއީ މޯލްޑިވިއަނުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ، 5.6 މިލިއަން ރުފިޔާއާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގައި ކުރިން ޝަރީއަތް މެދުވެރިކޮށް އެމްޑީޕީއާއި މޯލްޑިވިއަންއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމެއް ހަދައި، 2027 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ކުރުމަށް އޮތީ އެއްބަސްވެފައެވެ.

އެހެންނަމަވެސް އެ ސެޓްލްމެންޓް އެއްބަސްވުން އުވާލައި، އެއް ފަހަރާ ގައުމީ އެއާލައިނަށް 3.6 މިލިއަން ރުފިޔާ ދައްކަން އިދިކޮޅު އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ.

ނަމަވެސް އެ ފައިސާ އެ ޕާޓީން ނުދައްކާ ކަމަށް ބުނެ، އެ ޕާޓީގެ ހުރިހާ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވެއެވެ.

މައުލޫމާތު ލިބުނު ގޮތުގައި ފައިސާ ދެއްކުން ލަސްވީ، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ލިބުން ލަސްވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved