

މޯލްޑިވިއަންގެ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
ގައުމީ އެއާލައިނުން އެގޮތަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.
މި ހިދުމަތް މެދުކަނޑާލި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފަ އެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާ ދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތަކެވެ. އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ.