March 9, 2026
Advertisement
-
- / މޯލްޑިވިއަން

އިންޖީނު ފެއިލްވެ މޯލްޑިވިއަންގެ އުމްރާ ފްލައިޓެއް ޖިއްދާގައި ގްރައުންޑްވެ އުމްރާވެރިން ޖިއްދާ އެއާޕޯޓްގައި އެތައް ގަޑިއިރު ތާށިވުމަށްފަހު ފުރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 10, 2025, 02:42 AM
މާލެ ސިޓީ

އިންޖީނު ފެއިލްވެ މޯލްޑިވިއަންގެ އުމްރާ ފްލައިޓެއް ގްރައުންޑްވުމުގެ ސަބަބުން އުމްރާވެރިން ފްލައިޓްގައި އެއް ގަޑި އިރަށްވުރެ ގިނަ ވަގުތު ނުފުރި ފްލައިޓް ވަނީ ޑިލޭ ވެފައެވެ.

Advertisement

ފްލައިޓް ނަންބަރު Q2 6360 މިއަދު ރާއްޖެ ގަޑިން 15:00 ގައި ފުރަން ހަމަޖެހިފައިވަނިކޮށް ފްލައިޓްގައި މައްސަލައެއް އުޅޭކަން އެގިފައިވަނީ އުމްރާވެރިން ބޯޑިންގވެސް ވީ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ސީރިއަސް މައްސަލައެއް މިއަދު ދިމާވެފައިވާއިރު މޯލްޑިވިއަން އިން މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ނުވަތަ "ޕަބްލިކް ސްޓޭޓްމަންޓް" އެއް ދީފައި ނުވެއެވެ.

މީގެ އިތުރުން، މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގެ އިންޖީނަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމުގެ މައުލޫމާތު އުމްރާވެރިންނަށްވެސް ދީފައިވަނީ އެތަކެއް ވަގުތެއް ފާއިތުވެފައިވަނިކޮށް ކަމަށްވެއެވެ.

މީގެ ކުރިންވެސް މޯލްޑިވިއަންގެ ފްލައިޓްތަކުގައި މައްސަލަ ޖެހިގެން ފްލައިޓް ޑިލޭ ވުމުގެ ހާދިސާތަކުގައި މޯލްޑިވިއަންއިން އެކަށީގެންވާ ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލު ނުކުރާކަން ފާހަގަކުރެވެއެވެ.

ޖިއްދާއިން މާލެއަށް ކުރާ ދަތުރަކީ ދިގު ދަތުރަކަށްވާއިރު މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވުމުން ދަތުރުވެރިންނަށް އަންގާ އެންގުންތައް ލަސްކޮށް، ދަތުރުވެރިންނަށް އިތުރަށް ބުރަވާ ގޮތަށް އަމަލުކުރުމަކީ މޯލްޑިވިއަންއަށް ދިވެހިން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved