theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ
Yana Shareef
ޔާނާ ޝަރީފް
28 ޑިސެމްބަރު 2025

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ހާމަކޮށްފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިރޭ 20:45 ގައެވެ. މި ޖަލްސާއަކީ ޕީއެންއެފްގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ޖަލްސާއެކެވެ.

މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ، ވާހަކަފުޅު ދައްކަވާނެވެއެވެ. ރައީސް ޔާމީން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ޕީއެންއެފްގެ ސަޕޯޓަރުންނާއި، ގައުމު ދެކެ ލޯބިވާ ފަރާތްތަކަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެކެވެ. އެމަނިކުފާނަކީ މި ގައުމުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް އަޑު އުފުލަމުންދާ ހަމައެކަނި ފަރާތްކަން ފާހަގަކުރެވެއެވެ.

ޕީއެންއެފް އިން އަންނަނީ ގައުމީ މިނިވަންކަމާއި އިސްލާމީ ޝިއާރުތައް ދިފާއުކޮށް ރައްޔިތުންގެ ތެރެއަށް ނިކުމެ، އެމީހުންގެ ސިޔާސަތުތައް ހުށަހަޅަމުންނެވެ.

މި ޖަލްސާތަކަށް ދިވެހި ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved