March 14, 2026
Advertisement
.
. / ތޭރަ އޮންލައިން

މުއިއްޒު ދޮގު ހަދަމުންދާއިރު ބަހެއް ނުބުނެ ތިބެ ދީނީ ކަންކަމުގައި ފަތުވާ ނެރުމުގެ ބޭނުމެއް ނެތް: ރަައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 31, 2025, 07:14 PM
މާލެ ސިޓީ

ގައުމުގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވާ ރައީސް މުހައްމަދު މުއިއްޒު ދޮގުތައް ހަދަމުންދާއިރު ދީނީ އިލްމުވެރިންނާ ފަތުވާ މަޖިލިސްވެސް ބަހެއް ނުބުނެ ހަނު ތިއްބަވާތީ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ނުރުހުމާ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ ދޮގުތައް ހަދަމުން ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމުގައިވެސް ކަންކަމަށް ވައުދުވެވަޑައިގެންނެވުމަސް ފަހު، ފަހުން އެކަން އޮޅުވާލާ ދެއްކެވި ވާހަކައިގެ މަފްހޫމު އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތްކުރާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިން މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު ނޫން އެއްޗެއް ނުފެންނައިރު ވެސް ދީނީ އިލްމުވެރިންނާ ފަތުވާ މަޖިލިސް އޮތީ ހަނު ކަމަށެވެ. ވެރިޔަކަށް ހުންނަ މީހާ ހަދާ ގޯސްތަކާ އަދި ދޮގުތަކާ ގުޅޭ ގޮތުން ރައުޔު ނުނެރެ އަދި ބަހެއް ނުބުނެ ތިބެ ގައުމުގައި ދީނީ އެހެން ކަންކަމަް ބަސް ބުނުމުގެ މާބޮޑޫ ބޭނުމެއް ނެތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ މައި ހުންގާނު ރަގަޅު ނުކޮށް އެހެންކަންކަން އިސްލާހުކުރަން އުޅުނު ނަމަވެސް އެކަން ނުވާނެއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ އަރިހުގައި ތިއްބެވީ އިލްމެއް ނާގާބިލު ވެރިންތަކެއް ކަމަށާ އެކަމުގެ ފަހަތުގައިވެސް ވައްކަމާ ކޮރަޕްޝަން ހިންގުމަށް މަގުކޮށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved