ރަސްމާލޭގެ ނަމުގައި ކ. ފުށިދިއްގަރުފަޅު ހިއްކަނީ ވަކި މީހަކަށް މަންފާ ހޯދުމަށް ކަމަށް، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާޅު ތުހުމަތުކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރަސްމާލެއަކީ ދިވެހިންނަށްޓަކައި ހިއްކާ ތަނެއް ނޫން ކަމަށެވެ. އަދި އެކަމުން ފެންނަނީ އެންމެ މީހެއްގެ ޖީބަށް 50 މިލިއަން ޑޮލަރުގެ ކަޓެއް ވަންނަމުންދާ މަންޒަރު ކަމަށް މަލީހު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއީ ސީދާ ކާކު ކަމެއް މަލިހު ބަޔާންކޮށްދެއްވައިފައި ނުވެއެވެ.
Rasmale' akee Dhivinnahtakaa hikkaa thanehnoon. Emme meehenge jeebah 50 million dollaruge kateh vanna manzaru fennanee.
— Mohamed Maleeh Jamal (@maleehjamal) December 30, 2025
އެ ޕޯސްޓުގެ އިތުރުން އިތުރު ޕޯސްޓެއް ކުރައްވާ މަލީހު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކަމުްދާއިރު ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރުގެ ވައްކަމެއް ހިންގުމަކީ ސަމާސާއެއް ނޫން ކަމަށާ އެމްއޭސީއެލުން ގެންދަނީ ޝަރީފުގެ ސީއީއޯކަމުގައި ވައްކަންކޮށްދެމުން ކަމަށެވެ.