June 6, 2026
Advertisement
އެކްސްޕަޔާޑު ޕްރޮޑަކްޓްސްއާ އެކު މުއިއްޒު ގައުމު ހިންގަން އުޅެނީ ބަނގުރޫޓުވެފައިވާ ދުއްކާނެއް: މަލީހު
އެކްސްޕަޔާޑު ޕްރޮޑަކްޓްސްއާ އެކު މުއިއްޒު ގައުމު ހިންގަން އުޅެނީ ބަނގުރޫޓުވެފައިވާ ދުއްކާނެއް: މަލީހު / ތޭރަ އޮންލައިން

އެކްސްޕަޔާޑު ޕްރޮޑަކްޓްސްއާ އެކު މުއިއްޒު ގައުމު ހިންގަން އުޅެނީ ބަނގުރޫޓުވެފައިވާ ދުއްކާނެއް: މަލީހު

Jun 6, 2026, 08:39 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދައުލަތް ހިންގަވަން އުޅުއްވަނީ ބަނގުރޫޓުވެފައިވާ ކަންމަތީ ފިހާރައެއް ފަދައިން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައެވެ.

މަލީހު ވަނީ ސަރުކާރުން ވަކިވި މިނިސްޓަރުން އަނެއްކާވެސް އެކި މަގާމުތަކަށް އައްޔަންކުރައްވަމުން ގެންދަވާ ގެންދެވުމަށް މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މަލީހުވަނީ އެކްސްޕަޔާޑު ޕްރޮޑަކްޓްސްއާ އެކު ރައީސް މުއިއްޒު ގައުމު ހިންގަން އުޅެނީ ބަނގުރޫޓުވެފައިވާ ދުއްކާނެއްހެން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ފަދަ ޕްރޮޑަކްޓުސްތައް ރައްޔިތުންނަށް ނުވިއްކޭނެ ކަމަށް ވިދާޅުވެ ވެސް މަލީހު ވަނީ ރައީސް މުއިއްޒު ލަދު ގަންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މަލީހު އެހެން ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަކީ ދިރުމާ ފުރާނަ ނެތް ތަކެއްޗާ މުއާމަލާތްކޮށް ނިންމާލާ ސަރުކާރެއް ކަމަށާ ރައްޔިތުންނަށް ވީ ގެއްލުން ބޮޑު ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިހާރު އުޅުއްވަނީ ލަދުން ބޭރަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައި ނުގެން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ އެވަރުން ގައުމު ހިންގާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved