March 14, 2026
Advertisement
.
. / ތޭރަ އޮންލައިން

ޔާނިއާއަށް ބުލީކުރުން: ޒުވާނުން ވާހަކަދައްކާއިރު ފުރައްސާރަ ނުކޮށް ރަނގަޅު ކޮށްދިނުމަށް ޒަރިޔަންދު އިލްތިމާސްކުރައްވައިފި

Jan 3, 2026, 06:14 PM

އައިސް ޓީވީއަށް ޒުވާނަކު ދިން އިންޓަވިއުއަކާ ގުޅިގެން ފުރައްސާރަކުރަމުންދާތީ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އެންޑޯރްޒް ކުރެއްވި ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Advertisement

ޔާނިއާ ނަމަކަށް ކިޔާ ޒުވާނަކު އޭނާގެ ދިރިއުޅުމުގެ ކަންކަން ހިއްސާކުރި އިންޓަވިއުގެ ކްލިޕެއް މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާއަށް ގިނަ ބަޔަކު ވަނީ ފުރައްސާރަކޮށްފައެވެ.

އޭގެތެރޭގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް އައިޝަތު ޒުހުރުބާން ވެސް ހިމެނެއެވެ. ޒުހުރުބާން ޔާނިއާއަށް ފުރައްސާރަކުރިކަމަށްބުނާ އާޓިކަލް އެކްސްގައި ހިއްސާ ކުރައްވާ ޒަރިޔަންދު ވިދާޅުވީ ޒުވާނުން ވާހަކަދައްކާއިރު ނުވަތަ ކަމެއް ހިއްސާކުރާއިރު އެކުދިންނަށް މަލާމާތްކޮށް، ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކުދިންނަށް ކަމެއް އޮޅިފައިވާނަމަ ނުވަތަ ގޯސްކޮށް ބުނެވިފައިވާނަމަ، ރީތި ގޮތުގައި އެކަން ރަނގަޅުކޮށްދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޒަރިޔަންދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށާއި، ޚާއްޞަކޮށް ޒުވާނުންގެ ކުރިއެރުމަށް ހިތްވަރުދީ، މަގުދައްކައިދޭ ބަޔަކަށް އެންމެން ވާންޖެހޭ ކަމަށެވެ.

މި ދަނޑިވަޅަކީ ސޯޝަލް މީޑިއާގައި މީހުންނަށް ފުރައްސާރަކުރުމާއި "ސައިބަރ ބުލީން" އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ޒަރިޔަންދުގެ މި ގޮވާލުމަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved