theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މިނިސްޓަރު ތޯރިގު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ރައީސް އޮފިސް
ވިޔަފާރި
2025ގެ ޓުއަރިސްޓު އެރައިވަލް ޓާގެޓު ހާސިލުނުވޭ!
03 ޖެނުއަރީ 2026
މާލެ ސިޓީ

2025 ވަނަ އަހަރު ރާއްޖޭ އަންނާނެ ކަމަށް އޒންދާކުރި އަދަދަށް ޓުއަރިސްޓުން އައިސްފައިނުވާކަން ހާމަވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން އާންމު ކުރި މިދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖުމްލަ ގޮތެއްގައި ކުރިއެރުންތަކެއް ނަންބަރުތަކަށް ލިބުނު ނަމަވެސް، ޓޫރިސްޓުން ރާއްޖެ ގެންނަން ސަރުކާރުން ކަނޑައެޅި ޓާގެޓު ހާސިލުވެފައިނުވާކަން ހާމަވެފައިވެއެވެ.

2025 ވަނަ އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރި ނަމަވެސް އައިސްފައިވަނީ 2.2 މިލިއަން ފަތުރުވެރިންކަން ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލުވުމަށް 153،000 އެއްހާ ފަތުރުވެރިން މަދުވެއެވެ.

ހިސާބުތައް ދައްކާ ގޮތުން، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ %9.8ގެ ކުރިއެރުމެއް ހޯދާފައެވެ. އަދި އެވްރެޖްކޮށް މިދިޔަ އަހަރު ދުވާލަކަށް 6،155 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ ތިން އަހަރު އައި ފަތުރުވެރިންގެ އަދަދަކީ:

  • 2025: 2.25 މިލިއަން

  • 2024: 2.05 މިލިއަން

  • 2023: 1.88 މިލިއަން

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އާ އަހަރު ޗުއްޓީއާ ދިމާކޮށް މިިދިޔަ މަހު އެވެ. އެގޮތުން:

  • މިދިޔަ ޑިސެމްބަރުގައި 224،455 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ؛ އެއީ ޑިސެމްބަރު 2024ގައި ރާއްޖެ އައި 208،980 ފަތުވެރިންނާ އަޅާބާލާއިރު %7.4ގެ ކުރިއެރުމެއް

  • މިދިޔަ އަހަރު އައި 2.2 މިލިއަން ފަތުރުވެރިިންގެ ތެރެއިން 1.6 މިލިއަން (%73) ފަތުވެރިން ދިޔައީ ރިސޯޓުތަކަށް؛ ގެސްޓުހައުސްތަކަށް 500،000އެއްހާ (%22) ފަތުވެރިން އަދި ހޮޓާތަކަށް 58،000އަށް ވުރެ ގިނަ ފަތުރުވެރިން ގޮސްފައިވޭ

މިދިޔަ އަހަރު ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް އައި ހަ ގައުމު:

1-ޗައިނާ: 329،428

2-ރަޝިއާ: 287،760

3-އިނގިރޭސިވިލާތް: 202،171

4-ޖަރުމަނު: 167،822

5-އިޓަލީ: 153،258

6-އިންޑިއާ: 131،625

މި ހަ ގައުމަކީ 2024 ވަނަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކެވެ. އެ ލިސްޓުގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާދެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved