April 25, 2026
Advertisement
ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ދަށަށް ގޮސްފި
ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ދަށަށް ގޮސްފި / ދަ އައިލެންޑްޗީފް

ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ދަށަށް ގޮސްފި

Apr 24, 2026, 06:34 PM
މާލެ ސިޓީ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މަހު 27 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Advertisement

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ހާމަކުރި  ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 110،000 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް 40،000 ފަތުރުވެރިންގެ މަދުވުމެކެވެ.

އެގޮތުން ނިމިދިޔަ މާޗް މަހުވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 20 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތަ ދަށްވެފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތަ ދަށްވެފައެވެ.އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 790،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 750،000 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު މަގުތަކަށް ބުރޫ އެރުން ކަމަށެވެ.

ޔޫރަޕާއި ހުޅަނގުގެ މަންޒިލްތަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ގަތަރާއި ޔޫއޭއީ މެދުވެރިކޮށް ކަމަށްވާއިރު، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެއެވެ. ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އައުމަށް ތާވަލުކޮށްފައިވާ 500 އެއްހާ ފްލައިޓް މިހާތަނަށް ކެންސަލްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

 ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved