theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކެލާ ފަޅު / ފޭސްބުކް
ހަބަރު
ކެލާ ފަޅުގައި ރިސޯޓް ތަރައްގީ ކުރަން ކުރި އިއުލާނު ބާތިލްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޖުލައި 2025
މާލެ ސިޓީ

ހއ. ކެލާ ފަޅު ހިކައިގެން ދެ ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ބީލަން ބާތިލުކޮށްފި އެވެ.

ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ 31ގައެވެ.

ކެލާ ފަޅުގައި ތަރައްގީކުރަން ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައި އޮތީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. އަނެއް ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅާފައިވާ އިރު، އަގަކަށް ހަމަޖައްސާފައި އޮތީ 1،996،740 ޑޮލަރެވެ.

މި ދެ މަޝްރޫއުއަށް މާޗު މަހު ހުޅުވައިލި އިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި މި މަހުގެ 4 އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެ ބީލަން ބާތިލުކުރީ ރިސޯޓް މަދު އަތޮޅުތަކުގައި ރިސޯޓު ތަރައްގިީކުރަން ސަރުކާރުން މިފަހުން ލުއިތަކެއް ދޭން ނިންމުމާ ގުޅިގެންނެވެ. އެ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު ވެސް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ ލުއިތަކާ އެކު އަލުން އިއުލާން ކުރުމަށްޓަކައި 31 މާޗުގައި ހުޅުވި ބީލަން ބާތިލުކޮށްފައިވާ ކަމަށެވެ.

ކެލާގެ ފަޅުތެރޭގައި ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ފެބްރުއަރީ މަސް ތެރޭގައި ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?