March 13, 2026
Advertisement
ސަންލޭންޑް ނަޒީރު
ސަންލޭންޑް ނަޒީރު / ފޭސްބުކް

ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 11, 2025, 06:10 AM
މާލެ ސިޓީ

ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު ނަޒީރު މިރޭ އަވަހާރަވެއްޖެ އެވެ.

Advertisement

އެނގިފައިވާ ގޮތުގައި ނަޒީރު އަވަހާރަވީ، އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.

ސަންލޭންޑް ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ ކޮކޯ ޕާމް ދުނިކޮޅު، ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި އަދި މަކުނޑު އައިލެންޑު ރިސޯޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved