theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
ގާނޫނު އަސާސީއަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް އެންމެން އެކުގައި ތެދުވަން ލާޒިމް: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
06 ޖެނުއަރީ 2026
މާލެ ސިޓީ

ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް މިހާރު ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅަށް އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ގައުމުގެ މައި ދެ އިންތިހާބު އެއްކޮށްލާ ހިންގަން އުޅެނީ ޖަރީމާއެއް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މަޖިލިސް ތަޅުމުގައި ވިދާޅުވެފައިވާ ވުމާ ގުޅިގެން ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބޮޑު މެނިފެސްޓޯއެއް ރިޔާސީ އަދި މަޖްލިސް އިންތިޚާބުގައި ހުށަހެޅި ކަމަށެވެ. އެމަނިކުފާނު ނެރުނު ވައުދު ނާމާގެ އެބުނާ ކިތާބުގައި ހުރި ވައުދުތައްވެސް ހިމެނޭ ގޮތަށް ބޮޑު މެނިފެސްޓޯއެއް އޮތްއިރު އެއިން ތަނަކު ގާނޫނު އަސާސީއަށް ގެންނަ ނިޒާމީ ބޮޑެތި ބަދަލުތަކުގެ ވާހަކައެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެގޮތަށް އިންތިޚާބުތަކާ ކުޅުމުގެ ބާރު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ދީފައެއް ނުވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ އެކަން ކުރަން ބޭނުންނަމަ އެމެންޑޭޓް ހޯދަން އިންތިޚާބަކަށް ދާން ޑިމޮކްރަސީތަކުގައި ލާޒިމްކުރާ ކަމަށެވެ.

ނޫނީ އެފަދަ ބަދަލުތައްވާނީ ޣައިރު ދުސްތޫރީ ކަމަކަށްކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ތާއީދު ނުލިބޭނެކަން އެނގޭތީ އިންތިޚާބުތައް ޖަހައިގަތުމަށް ހިންގާ ޖަރީމާތަކުގެ ތެރެއިން ބޮޑު ކްރައިމަކަށް މެނުވީ އެކަން ނުވާނެ ކަމަށާ އެންމެން އެކުގައި އެކަމާ ދެކޮޅަށް ތެދުވުން ލާޒިމް ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން އެކަން ކުރަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ނަމުގައެވެ. މިކަމާ ގުލިގެން ގިނަ ބަޔަކު ބުނަމުން ގެންދަނީ ޛަރަދު ކުޑަކުރަން ބޭނުން ނަމަ މިނިސްޓްރީތަކުގެ އަދަދު މަދުކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން މާރަގަޅު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved