theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ޕޯޓު ވިއްކާލުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
06 ޖެނުއަރީ 2026
މާލެ ސިޓީ

ޕޯޓު ވިއްކާލުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި އެ ޕާޓީގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ގާނޫނު އަސާސީއަށް ހިތުހުރި ގޮތަކަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށެވެ.

ހަމައެހެންމެ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއަށް ރައީސް މުހައްމަދު މުއިއްޒު ބަދަލު ގެންނަމުން ދާއިރު އެކަމާ ދެކޮޅަށް ބަސް ބުނަން ތިބޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާއިރު މިއަދު އެ މަޖިލިސް ވެސް އޮތީ އޮޅު ހިޔާ ފެސިލިޓީއަކަށް ބަދަލުވެފައިކަމުން އެކަންކަމުގައި ބަސްބުނުމަށް މަޖިލިސް ނުކުޅެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޕޯޓު ވިއްކާލުމާ ދެކޮޅަށް ބަސް ނުބުނެ މިއަދު ތިބޭ ކޮންމެ މެމްބަރަކީ ފަހުން އެމީހެއްގެ މައްޗަށް ދައުވާ އުފުލިގެންދާނެ މީހެއްކަމަށްވެސް ވިދާޅުވެފައެވެ.

ޕޯޓު ވިއްކާލުމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ. ޕޯޓު ވިއްކާލުމާ ދެކޮޅަށް ބަސްނުބުނެ މިއަދު ތިބޭ ކޮންމެ މެމްބަރަކީ ފަހުން އެމީހެއްގެ މައްޗަށް ދައުވާ އުފުލިގެންދާނެ މީހެއް. މަޖިލީހުގެ ބަހެއް ނެތި ގައުމުގެ ހަރު މުދާ ވިއްކަމުން ދަނީ މުއިއްޒުގެ މައިންބަފައިންގެ ތަރިކަ މުދަލަށް ވެގެންތޯ

- ރައީސް ޔާމީން

ރައީސް ޔާމީންވަނީ، ޖީއެމްއާރު އަތުން ރާއްޖޭގެ މައި އެއާޕޯޓު އަތުލި ގޮތަށް އެމަނިކުފާނުގެ ވެރިކަމެއްގައި ޑިޕީ ވޯލްޑް އަތުން ރާއްޖޭގެ މައި ޕޯޓުވެސް އަތުލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved