ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާތަކާ މަގާމުތަކަށް މީހުން އައްޔަންކުރަމުންދާ ގޮތާ މެދު ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުވިދާޅުވުން އަމާކުރައްވައިފިއެވެ.
މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ މިނިސްޓަރ ޑރ އައިޝަތު ރަމީލާ އެޗްއާރުސީއެމްގެ ރައީސްއަކަށް އައްޔަންކުރުމަށް ރައީސް އޮފީހުން ފޮނުވާފައިވާ ވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ސަރުކާރަކީ މިއަދު ތަރުތޫބި ގެއްލިފައިވާ ސަރުކާރެއްކަން ފާހަގަކުރައްވާ އެއްދުވަހު ދައުލަތުގެ ވަޒީރު ކަމުގައި ހުންނަވާ ބޭފުޅާ އަނެއް ދުވަހު ސަރުކާރުގެ އިދާރައެއްގެ ފޮޅާ ސާފުކުރާ މަގާމުގައި ހުންނަކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ ކަމެއް ކުރަން ލިބޭ އެންމެ ބޮޑު ފުރުސަތު ކޮންމެ މީހަކުވެސް ދޫކޮށްލާނީ ޔަގީނުންވެސް މަގްބޫލު އުޒުރެއް އޮވެގެންކަން ފާހަގަކުރައްވާ ރައީސް މުއިއްޒަށް ބަލަދު އަރާ ގިނަބަޔަކުގެ ބުރަ އާންމު ރައްޔިތުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.
މީވާ ސަރުކާރެއް! އެއްދުވަހު ދައުލަތުގެ ވަޒީރު ކަމުގައި . އަނެއްދުވަހު ފޮޅާ ސާފުކުރުމުގައި. ކަމެއް ކުރަން ލިބޭ އެއްމެ ބޮޑު ފުރުސަތު ދޫކޮއްލާނީ ޔަގީނުންވެސް މަގްބޫލު އުޒުރެއް އޮވެގެން. މުއިއްޒަށް ބަލަދު އަރާ ހާދަ ގިނަބަޔަކުގެ ބުރަ އާންމު ރައްޔިތުން އުފުލަން އެބަޖެހެޔޭ! https://t.co/iB60SHmKHD
— Mohamed Jameel Ahmed (@MJameelAhmed) January 5, 2026
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ޑރ ރަމީލާ ވަޒީރު ކަމުން އިސްތިއުފާ ދެއްވީ ބަލި ހާލަތު ހުރި ގޮތުން ޒިންމާ އަދާނުކުރެވޭނެތީ ކަމަށް ވިދާޅުވެއެވެ.
އެކަމަނާ ބަނޑުގެ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވަމުން ދައުލަތުގެ އެމަގާމމު ނުފެރޭނެތީ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ނަމަވެްސ އެުރވެސް އަޑުތައް ގަދަވެފައިވާ ގޮތުގައި އިސްތިއުފާ ހުށަހެޅުއްވީ ސީދާ ރައީސް މުއިއްޒު އަންގަވައިގެންނެވެ.
ނަމަވެސް ރަމީލާއަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއާ އެކު ގިނަ ދުވަހު ހެލްތު މިނިސްޓްރީގައި މަސއްކަތްކުރެއްވި ގާތް ބޭފުޅަކަށް ވާތީ އަލުން ރަމީލާއަށް ވަޒީފާއެއް ދައުލަތުން ދޭން ރައީސް މުއިއްޒަށް މަޖްބޫރުވީ ކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.