February 22, 2026
Advertisement
ޓްރެފިކު، ތަހުޒީބީ ހަމަތަކަކަށް ފެއްތޭނީ އުސޫލުތަކަށް ގިނަ ބަދަލުތަކެއް ގެނެސްގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
ޓްރެފިކު، ތަހުޒީބީ ހަމަތަކަކަށް ފެއްތޭނީ އުސޫލުތަކަށް ގިނަ ބަދަލުތަކެއް ގެނެސްގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ސޯޝަލް މީޑިއާ

ޓްރެފިކު، ތަހުޒީބީ ހަމަތަކަކަށް ފެއްތޭނީ އުސޫލުތަކަށް ގިނަ ބަދަލުތަކެއް ގެނެސްގެން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 22, 2026, 05:17 PM
މާލެ ސިޓީ

މާލޭގެ ޓްރެފިކު، ތަހުޒީބީ ހަމަތަކަކަށް ފެއްތޭނީ އުސޫލުތަކަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޒަރިޔަންދު ވަނީ، މާލޭގެ ޓްރެފިކް މައްސަލައަކީ 2009 އިން 2025 އާއި ހަމައަށް ހަދާފައިވާ އިލްމީ ދިރާސާތަކުން ސިޓީ ކައުންސިލަށްވެސް އެކަމުގެ ނުރައްކާ މިންވަރު އެނގޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާލޭގެ މަގުތައް ތަރުތީބުކުރުމުގައި ފަހަތު ފަޔަށް ބުރަވެ ސިޔާސީ އަވާގައި ކަންނެތްކަން އިސްކުރުމާއި، ގަރާޖް ސިޓީ އާއި ރަޖިސްޓްރޭޝަންގައި ކޮރަޕްޝަން ހިންގުމުގެ ނަތީޖާ މިއަދު ގޯސްކޮށް ފެންނަމުންދާ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ހުރި ގޯސްތައް ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، މާލޭގެ ޓްރެފިކް ތަޙްޒީބީ ހަމަތަކަކަށް ފެއްތޭނީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މާލޭ ސަރަޙައްދުގައި އެންމެ މަދުވެގެން އިތުރު 8،000 ވެހިކަލް ޖާގަ ބިނާކުރުމާއި، ތަރުތީބުކުރެވިފައިވާ ހަމައަކުން ވެހިކަލް ޕާކިންގް އުސޫލު ހަމަޖެއްސުމާއި، މެޝިން ރީޑަބަލް ނަމްބަރ ޕްލޭޓް ބޭނުންކުރާ ވެހިކަލްތައް މާލޭގައި ދުއްވުމަށް ސަރުކާރުގައި ބާރުއަޅާ، ރޯޑްވާރދިނަސް ޓެސްޓްތައް ތިމާވެއްޓާއި ގުޅޭގޮތަށް ބަދަލުކޮށްގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved