April 29, 2026
Advertisement
ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމް އާއި ގަލޮޅު މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، މަރިޔަމް ރީހާން ނާޒިމް ވަނީ ކައުންސިލްގެ ފްލޯ ދޫކޮށް ގޮސްފަ
ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމް އާއި ގަލޮޅު މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، މަރިޔަމް ރީހާން ނާޒިމް ވަނީ ކައުންސިލްގެ ފްލޯ ދޫކޮށް ގޮސްފަ / ތޭރަގްރެފިކްސް

ޕީއެންސީ ކައުންސިލަރުން މާލެ ސިޓީ ކައުންސިލްގެ ކޯރަމް ގެއްލުވާލައި ޖަލްސާ ހުއްޓުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 24, 2025, 09:35 PM
މާލެ ސިޓީ

ޕީއެންސީ ކައުންސިލަރުން މާލެ ސިޓީ ކައުންސިލްގެ ކޯރަމް ގެއްލުވާލައި މިއަދުގެ ޖަލްސާ ވެސް ހުއްޓުވައިފިއެވެ.

Advertisement

ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކައުންސިލަރުންގެ ފަރާތުން މި ފަދަ ދަށު ދަރަޖައިގެ ކަމެއް ހިންގާފައިވަނީ މާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާ ބެހޭ މައްސަލަ ފެށުމާއެކުއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ފެށީ 10 މެންބަރުންނާއެކު ފަށައިގެން ތިން މައްސަލައެއް ކުރިއަށް ވެސް ގެންދިޔައެވެ. އެއީ މިއަދުގެ އެޖެންޑާއިން އެއް އައިޓަމް އުނި ކުރުމަށްފަހު ފާސްކުރުމާއި ޑިސެމްބަރު 3، ގައި ބޭއްވި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ބިމުގެ ދަފުތަރާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުހުލަތަށްވުރެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައި ނުގަތުމަށް ނިންމުމެވެ.

އޭގެ ފަހުން އެޖެންޑާގައި ހަތަރުވަނަ އަށް އޮތް މައްސަލަ ކަމަށްވާ މާލެ ސިޓީ ކައުންސިލުން އާންމުކުރި ލިސްޓުގައި ނެތް ބައެއް ބިންތަކާ ބެހޭ އެގްރީމެންޓުތައް އެ ކައުންސިލުގައި ހުރި ކަމަށް ބުނެ ބައެއް ކައުންސިލަރުން ވާހަކަ ދައްކަވާތީ، އެފަދަ އެގްރީމެންޓުތައް ހުރިނަމަ، އެ އެގްރީމެންޓުތަކާމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޮތް މައްސަލަ ހަމަ ފެށުމާއެކު، މިއަދުގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމް އާއި ގަލޮޅު މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، މަރިޔަމް ރީހާން ނާޒިމް ވަނީ ކައުންސިލްގެ ފްލޯ ދޫކޮށް ގޮސްފައެވެ.

މިދިޔަ ދެ ހަފުތާގައި ވެސް ޕީއެންސީ ކައުންސިލަރުން ވަނީ ބިމާބެހޭ މައްސަލަތައް ތާވަލު ކުރުމުން ސިޓީ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓުކޮށް ބޭއްވިޔަ ނުދީފައެވެ.

ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ޕީއެންސީ ކައުންސިލަރުން އެގޮތަށް އަމަލު ކުރަނީ ބިމާ ބެހޭ ކަންކަމުގައި ޕީއެންސީގެ ރައީސް، އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސީދާ އެންގެވުމަށެވެ. އެއީ އެމަނިކުފާނު މޭޔަރުކަމުގައި ހުންނަވާ ހިންގާފައި ހުރި ޖަރީމާތައް ހާމަވާނެތީ ކަމަށްވެސް އެ ރައްޔިތުން ބުނެއެވެ.

ކޮމެންޓު
ކޮމެންޓްތައު
Ahmed
Dec 26, 2025, 02:15 PM
100 %muizzu ge kameh ulheytheeve miulhenee birun
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved