

މީގެ ކުޑަ ވަގުތުކޮޅެއް ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެ އައިޖިއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.
އެކްސިޑެންޓްވީ ކާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. ޕިކަޕެއްގައި ވެސް ޖެހުނެވެ. އެ މީހާ ގައިގައި ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ.
އެކްސިޑެންޓުގައި އެކަކު ނިޔާވެފައިވާއިރު އަނެއް ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.