March 20, 2026
Advertisement
މާލެ ސިޓީ
މާލެ ސިޓީ / ކޯޕަރޭޓް މޯލްޑިވްސް

ދެ ލޯބިވެރިންގެ ދެމެދުގައި ހަމަ ނުޖެހުމެއް ހިނގާ އެކަކު ބުރަކައްޓަށް ވަޅި ޖަހައިފި

Dec 9, 2025, 07:24 PM
މާލެ ސިޓީ

މާލޭގެ ގެއެއްގެ ތެރޭގައި ދެލޯބިވެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:05 ހާއިރު ކަމަށެވެ.



މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މިދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި ދެމީހުންނަށްވެސް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.



މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved