theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޯދީ ދުއްވާ މަގުތަކުގައި ހުރި ދިވެހިންގެ ވެހިކަލްތައް ނަގަން އަންގައިފި / ތޭރަގްރެފިކްސް
ހަބަރު
މޯދީ ދުއްވާ މަގުތަކުގައި ހުރި ދިވހެިންގެ ވެހިކަލްތައް ނަގަން އަންގައިފި
24 ޖުލައި 2025
މާލެ ސިޓީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ މިނިވަން ދުވަސް ޝަރަފްވެރިކޮށްދެއްވަން ގެނެސް އޭނާގެ ކާރު ދުއްވާ މަގުތަކުގައި ހުރި ވެހިކަލްތައް ނަގަން ދިވެހި ސަރުކާރުން އަންގައިފިއެވެ.

ދިވެހި ފުލުހުން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ކަމަށް ބުނެ ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ޕާކް ކުރުން މަނާކޮށްފައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށެވެ. އެ ގޮތުން:

  • އެ ގަޑީގެ ފަހުން އެ ސަރަހައްދުގައި އުޅަނދުތައް ފުލުހުން ގޮސް ނަގައި، އެ ސަރަހައްދުން ބޭރަށް ބަދަލުކުރާނެ

  • ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ

ފުލުހުން ހިއްސާކުރި ޗާޓުގައި ހިމެނޭ މުހިންމު ތަންތަނަކީ:

  • ސަލްޓަން ޕާކް

  • ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހިމެނޭ ގްރީން ޒޯން

  • ފޮރިން މިނިސްޓްރީ ހިމެނޭ ސަރަހައްދު އެވެ.

ޕާކިން ހުސްކުރުމަށް އެންގި ސަރަހައްދު ދައްކުވައިދޭ ޗާޓު

މީގެ އިތުރުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އަހަރުތަކެއް ވަން ދެން އޮތުމަށް ފަހު ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށް ދަން ދިނުމަށް ކަމަށް ބުނެ ޖުލައި 25، 26، އަދި 27 ވަނަ ދުވަހުވެސް ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަލާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?