May 1, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްސަލަ ލަސްވުމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު ނަންގަވަންޖެހޭ: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Mar 6, 2024, 08:49 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް މައްސަލަ ކުރިޔަށް ނުގޮސް ލަސްވަމުންދާތީ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޑރ.މުއިއްޒު ނަންގަވަން ޖެހޭނެކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އަދުގެ ރައީސް މުއިއްޒު ތެދުވެރި ނޫންކަމަށް މިއަދު ގިނަ ރައްޔިތުންނެއް ގަބޫލުކުރާނެކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ހައި ކޯޓްގައި ރައީސް ޔާމީން ގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވަމުންގެންދާތީ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށްވެސް ޑރ ޖަމީލް ގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުންވެސް ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ތަކުރާރުކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާ ކަމުގެ ވާހަކަ އެ ދައްކަވަނީ އެމަނިކުފާނަށް އެ ކުށްކުރެވުނީމަ ކަމަށެވެ.

އަދި އެކަމުގެ ފުރިހަމަ އިހްސާސް އެމަނިކުފާނަށް ކުރެވޭތީ ކަމަށްވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

އިތުރަށް އެމަނިކުފާނު ވަނީ ނުބައި ރޭވުންތެރިންގެ ކިބައިން ސަލާމަތް ކޮށްދިނުމަށް މާތް ﷲ ގެ ހަޟްރަތަށް އެދިވަޑައިގެންފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް މައްސަލަ ހައި ކޯޓްގައި ތާވަލް ނުކުރެވި އެތައް ދުވަސް ވަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved