June 17, 2026
Advertisement
-
- / ތޭރަ އޮންލައިން

ނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދު!

Aiminath Sarah
އައިމިނަތް ސާރާ
Oct 23, 2025, 05:01 PM
މާލެ ސިޓީ

ނޮވެމްބަރު ދޭއްވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތަށް ހަމަޖައްސައިފިއެވެ.

Advertisement

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ނޮވެމްބަރު 2 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

-
-

ރާއްޖޭގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ. އެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިން ހިތްވަރު ގަދަ ދިވެހި ފަހުލަވާނުން ހަނދާން އާކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved