February 26, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ
ރައީސް ޔާމީން ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ / ތޭރަ އޮންލައިން

ވޭޕު މަނާކުރުމަށް ފަހު އެމްޕީއެލް ވިއްކާލައިގެން ހުޅުވާލަނީ މަސްތުވާތަކެއްޗަށް ދޮރު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 9, 2026, 02:52 AM
މާލެ ސިޓީ

ވޭޕު މުޅި ގައުމުމުގައި ވިއްކުން މަނާކުރުމަށް ފަހު، ރާއްޖޭގެ މައި ޕޯޓު ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ރާއްޖެ ހުޅުވާލަނީ މަސްތުވާތަކެއްޗަށް ދޮރެއްގެ ގޮތުގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ޕީއެންއެފުގެ ޖަލްސާގައި، ދުބާއީ ވޯލްޑަށް ރާއްޖޭގެ މައި ޕޯޓު ވިއްކާލަން މަޝްވަރާކޮށް ޑީލުތަކެއް "ސިއްރުން" ގައުމުގެ ވެރިން ނިންމާފައިވާކަމުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމުން ސަރުކާރުން ތެޅިގަނެގެން އެކަމުގެ ދިފާއުގައި ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެކަމުގެ ދިފާއުގައި ވިދާޅުވީ ޕްރޮޕޯސަލްއެއް ހިފައިގެން ތަނަކަށް ދިޔަ ނަމަވެސް އެއީ އަދި ތަނެއް ވިއްކާލުން ނޫން ކަމަށާ ކަންކަމުގައި މަޝްވަރާއަކި އޮންނަ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހަމަ ހުރެފައި ޕްރޮޕޯސަލެއް ހިފައިގެން ސަރުކާރަކުން ނުދާނެ ކަމަށާ އެހެން އެކަން އޮންނަ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެހެން ބަޔަކަށް ހުށަހަޅަންވެސް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ދޮގުތައް ހަދާ ރައްޔިތުންނަށް އޮޅުވާލަމުންދާއިރު އެމްޕީއެލްއާ އެކު މައި ޕޯޓު ވިއްކާލައިގެން ސަރުކާރުން ހުޅުވާލަނީ ގައުމުގައި މަސްތުވާ ތަކެއްޗަށް ދޮރެއް ކަމަށެވެ. އެހެނީ ރާއްޖެއަކީ މި ގައުމު އޮންނަ ސަރަހައްދުގެ ގޮތުން ޓްރާންސިޓު ބަނދަރަކަށްވެފައި ޓްރެފިކިންގެ މަންޒިލަކަށް ވާނެކަމީ ޔަގީން ކަމެއް ކަމަށް ވާނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދޭން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ވެސް ނުރުހުން އަމާޒުކުރައްވާ ހަނިމާދޫ އެއާޕޯޓާ އެކު މުޅި އުތުރު އިންޑިއާގެ އަތްމައްޗަށް ދޫކޮށްލީ ގަސްތުގައި ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved