February 25, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މޯދީއާއި އައުވާނުންގެ އަނިޔާ ހައްދުން ނައްޓައިފި، އިދިކޮޅު ޕާޓީގެ ނައިބު ރައީސް ގަޔަށް ވަޅިޖަހާ މަރާލީ މިސްކިތް ތެރެއިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 9, 2026, 06:47 AM
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަރުކަށި ސިޔާސަތުތަކާއި، ޟޯދީގެ ސަޕޯޓަރުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދެމުންގެންދާ އަނިޔާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު މިސްކިތެއްގެ ތެރޭގައި ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

Advertisement

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގައެވެ. އަވަހާރަކޮށްލާފައިވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ) ގެ އިސް ބޭފުޅެއް ކަމުގައިވާ ބާބާ ސިއްދީގީއެވެ. ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާ ދީފައިވަނީ ބާބާ މިސްކިތުން ފައިބައިވަޑައިގެންނެވި ވަގުތުގައެވެ.

މި ހަމަލާގެ ފަހަތުގައިވަނީ މޯދީގެ ސަރުކާރަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ގްރޫޕްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ބާބާ ސިއްދީގީއަކީ މޯދީގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ މި ހާދިސާއަކީ ޑިމޮކްރަސީގެ އަސްލުތަކާ ޚިލާފު، އަދި އިންޑިއާގައި މުސްލިމުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތް ނުރައްކާ ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް، މިއީ ސިޔާސީ ނުފޫޒުން ހިންގާފައިވާ އަމަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މޯދީގެ ވެރިކަމުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކުރާ ގޯނާތައް އިންތިހާއަށް އިތުރުވެފައިވާތީ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މޯދީގެ "އަނިޔާވެރިކަން" މިހާރު ހައްދުން ނައްޓާފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved