February 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއަކީ "ބުލީއެއް": ޗައިނާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 9, 2026, 06:25 PM
މާލެ ސިޓީ

އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށާއި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭ ބެހުމަށް ފާޑުވިދާޅުވަމުން، އެމެރިކާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާ "ބުލީއެއް" ކަމަށް ޗައިނާއިން ސިފަކޮށްފިއެވެ.

Advertisement

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް މިހެން ވިދާޅުވީ، ވެނެޒުއޭލާގެ ތެލުގެ ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވައި، އެ ގައުމުގެ މުއްސަނދިކަން ގަދަކަމުން އަތުލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މައޯ ނިންގް ވިދާޅުވި ގޮތުގައި، އެމެރިކާއިން ގެންގުޅޭ "އެމެރިކާ ފަސްޓް" ސިޔާސަތަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު، އަދި އެހެން ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަންނަ ސިޔާސަތެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން އެހެން ގައުމުތަކުގެ ވަސީލަތްތަކަށް އަތްގަދަކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އެމެރިކާގެ "ބުލީ" ކުރުމުގެ އަމަލެއް ކަމަށެވެ.

ވެނެޒުއޭލާއާ އެކު ޗައިނާ އޮތްކަން ހާމަކުރައްވަމުން މައޯ ނިންގް ވިދާޅުވީ، އެމެރިކާއިން ވެނެޒުއޭލާއަށް ދެމުންދާ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިނާއިން މިފަދަ ބަޔާނެއް ދީފައިވަނީ، ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ތެލުގެ ސިނާއަތަށް ބާރުފޯރުވުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ވަގުތެއްގައެވެ. ޗައިނާއިން ބުނީ ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ އަމަލުތަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved