February 25, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފުރޮޅުވެސް ނެތް ޕިކަޕަކަށް މަހަކު 75،000ރ ސަރުކާރުން ދައްކާކަން ފަޅާއަރައިފި

Jan 9, 2026, 09:29 PM
މާލެ ސިޓީ

ފުރޮޅުވެސް އޮތް ޕިކަޕަކަށް މަހަކު 75،000ރ ސަރުކާރުން ދައްކާކަން ފަޅާއަރައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާ ބޮޑު އަދަދެއް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޭދަ ކުރަނީ އާރުޑީސީން ކެނދިކުޅުދޫގައި ބޭނުންކުރުމަށް ކުއްޔަށް ހިފާފައިވާ ޕިކަޕަކަށެވެ.

އެގޮތުން ނ. ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އީސާ އެމްޑީޕީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވިދާޅުވެފައިވަނީ އާރުޑީސީން ކެނދިކުޅުދޫގައި ބޭނުންކުރުމަށް ކުއްޔަށް ހިފާފައިވާ ޕިކަޕަކީ އެއްވެސް ވަރަކަށް ބޭނުންކުރެވޭ ހާލަތެއްގައި އޮތް އުޅަނދެއް ނޫން ކަމަށެވެ.

އީސަ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޭގެ [ޕިކަޕްގެ] ހަތަރު ފުރޮޅާއި ބޮލާ ހުރީ ވަކިން ގެއެއްގެ ގުދަނެއްގައި ކަމަށާ އަދިވެސް އެ ޕިކަޕް އޮތީ ހަމަ އެހާލަތުގައި ނަމަވެސް ދުވާލަކު 2،500ރ. އަށް އާރުޑީސީއަށް ކުއްޔަށްދީ، މަހަކު 75،000ރ. އެ ޕިކަޕަށް ޕޭ ކުރަމުން ދާ ކަމަށެވެ.

އީސަ ތުހުމަތުކުރާ ގޮތުގައި، މަގު ހެދުމުގެ ނަމުގައި ކެނދިކުޅުދޫއިން ފަސްދޮޅަހަކަށް މީހުން ވަޒީފާއަށް ނަގައި، އެއްވެސް މަސައްކަތެއް ނުކުރުވައި މުސާރަ ދެމުންދާތާ ވެސް ދެ އަހަރު ވެއްޖެއެވެ. އަދި ރަށުގައި އޮންނަ ޕީއެންސީގެ ސްޓެއަރިން ކޮމިޓީގެ ކޮންމެ މެންބަރަކަށް ސަރުކާރުގެ ކުންފުނިތަކުން މަހަކު 10،000 ރުފިޔާގެ މުސާރައެއް ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުރޮޅެއްވެް ބޮލެއްވެސް ނެތް މި ޕިކަޕަށް ބޮޑު ހޭދައެއް ކުރަމުންދާކަމުގެ ތުުހުމަތު އީސަ އަމާޒުކުރައްވާފައިވާއިރު މިކަމާ ގުޅިގެން އާރުޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved