March 12, 2026
Advertisement
--
-- / ގެޓީ އިމޭޖަސް

އާރްޑީސީގެ އެކްއުންޓްތައް ހުސްކޮށް ދަރަނިތައް ދައްކައިފި

Sudha Latheef
ސުދާ ލަތީފް
Aug 19, 2025, 09:26 PM

ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބިޒް ސޮލިއުޝަންސް ކިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ ދަރަންޏެއް ހުކުމާ އެއް ގޮތަށް ނުދައްކައިގެން، އެ ކުންފުނީގެ ނަމުގައި ދެ ބޭންކެއްގައި ހުރި ހުރިހާ ފައިސާއެއް ނަގައި، އެ ދަރަނިން ބަޔެއް ދައްކައިފި އެވެ.

Advertisement

މިއީ މި އަހަރުގެ ފެބްރުއަރީ 2، އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އާރުޑީސީން 648،000ރ. ދައްކަން ކުރި ހުކުމެއް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ފައިސާ ނުދައްކަ އެވެ.

ހުކުމާ އެއް ގޮތަށް އާރުޑީސީން ފައިސާ ނުދެއްކި މައްސަލަ، ތަންފީޒީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް އެ ކުންފުނިން ވަނީ ހަތަރު ލައްކަ ރުފިޔާ ދައްކާފަ އެވެ.

ނަމަވެސް މި ވަރުން ދަރަނި އެއްކޮށް ދައްކައި ނުނިމޭތީ ސިވިލް ކޯޓުން ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގައި ހުރި ރުފިޔާ އެކައުންޓުތަކާއި ޑޮލަރު އެކައުންޓުތައް ހިފަހައްޓާފަ އެވެ.

ކޯޓުން ވަނީ ހިފެހެއްޓި 275،610ރ. ތެރެއިން ނުދައްކައިިވާ 248،000ރ. ކެނޑުމަށް ފަހު، ބާކީވީ ފައިސާ އާރުޑީސީއަށް އަނބުރާ ރައްދުކޮށްފަ އެވެ.

އާރުޑީސީއާ ދެކޮޅަށް މި ނޫން އެހެން މައްސަލަތަކުގައި ވެސް ކޯޓުން ހުކުމްކޮށްފައި ވެ އެވެ. މި ތަނުން ގިނަ މައްސަލަތަކަކީ މުދަލާއި ހިދުމަތް ހޯދުމަށް ފަހު އަމިއްލަ ވިޔަފާރިތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައި ހުރި މައްސަލަތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved