theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރަކަށް ހަމަޖެއްސި މުހައްމަދު އަސްބާހު އަލީ ނަސީރު / ގެޓީ އިމޭޖަސް
ސިޔާސީ
އާރްޑީސީގެ ކުރީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް
Sudha Latheef
ސުދާ ލަތީފް
03 އޯގަސްޓު 2025
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު މިއަދު އައްޔަނުކޮށްފި އެވެ.

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަނުކުރީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޒުހައިރު އެވެ. މިގޮތުން އެޗްޑީސީއަށް އަސްބާހު ގެނައީ ޒުހައިރު ބޭނުންވާތީ ކަމަށް ބެލެވެ އެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު މިދިޔަ ޖުލައި 31، ގައި ހުސްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެޗްޑިސީގެ ކުރީގެ އެމްޑީ މައުރޫފް ޖަމީލް ބޭނުންވެގެންނެވެ.

އެޗްޑީސީގެ އެމްޑީއަކަށް އަހްމަދު ޒުހައިރު އައްޔަނުކުރުމާ ގުޅިގެން އާރްޑީސީގައި ހުސްވެފައި އޮތް އެމްޑީގެ މަގާމަށް އައްޔަނުކުރީ އިބްރާހިމް ނަޒީމް އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް ޖަމީލް އިސްތިއުފާ ދިނީ އެ މަގާމުން އޭނާ ރިޓަޔާކުރަން ހުށަހަޅާފައި އޮއްވަ އެވެ.

މައުރޫފް މަގާމުން ދުރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް ފަހިވާ ގޮތަށް ކަންކަން ނިންމެވުމަށް ދެކޮޅު ހެއްދެވުން ކަމަށް އެނގިފައިވެއެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. އޭގެ ކުރިން އެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކޮށްފައި ހުރީ ކޮރަޕްޝަންގެ އެތައް ތުހުމުތަކެއް އަމާޒުވެ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved