ދުފުށީސިޓީ މޭޔަރ މުޙަންމަދު ޢާޠިފް / ތޭރަ އޮންލައިން
ހަބަރު
ނިމިދިޔަ އަހަރާއި ބަލާފަ މިއަހަރު ކުޅުދުފުށީ ކައުންސިލް ބަޖެޓު ކުޑަ: މޭޔާރ ޢާޠިފް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
10 ޖޫން 2025
މާލެ ސިޓީ

ނިމިދިޔަ އަހަރާއި ބަލާފަ މިއަހަރު ކުޅުދުފުށީ ކައުންސިލް ބަޖެޓު ކުޑަ ކަމުގައި ކުޅުދުފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 އިން ކުޅުދުފުށީ ސިޓީގެ މޭޔަރާއި ބައްދަލުކޮށް ކުރިޔަށް ގެންދިޔަ އިންޓަވިއު ގައި، އެ ބޭފުޅާ ހާމަކޮއްފައިވަނީ ރައްރަށުގެ ތަރައްގީ އާއި ރައްރަށުގައި ކުރަން ހަމަޖެހިފައިވާ އެކި މަސައްކަތް ތަކަށް، ސަރުކާރުން ކައުންސިލް ތަކަށް ދެމުން ގެންދާ ބަޖެޓު ނިމުނު އަހަރު ތަކަށް ވުރެ މިއަހަރު ކުޑަކަމުގައެވެ.

ސަރުކާރުގެ ބަޖެޓުގެ 5 އިންސައްތަ ކައުންސިލް ތަކަށް ބަހާގޮތަށް ހަމަޖެހިފައި ވާއިރު މިއަހަރު ދައުލަތުގެ ބަޖެޓުން ކުޅުދުފުއްޓަށް ދީފައިވަނީ 8.9 މިލިޔަން ރުފިޔާ މަދުންނެވެ.

ކޮންމެއަހަރަކު ދައުލަތުން ފާސް ކުރާބަޖެޓުގެ، އާމްދަނީގެ 5 ޕަސެންޓް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބަހާގޮތައް މިއޮންނަނީ އަދި ވަކި ފޯމިއުލާއެއް ގެތެރެއިން، އެއީ ބިމުގެ ނިސްބަތާއި އާބާދީއާއި މިކަންކަމަށް ރިޢާޔަތް ކޮށްފަ އެސިޓީއަކަށް ނުވަތަ އެކައުންސިލް އަކަށް އެލިބޭ ބަޖެޓު ކަނޑައެޅިގެންދާނީ! ދާއިރުގަ ފާހަނގަކޮއްލަން އޮތް އެންމެ މުހިންމު އެއްކަމަކީ ހަގީގަތުގަ ހިތާމަވެރިކަމެއް އަޅުގަނޑުމެންނަށް މިއަހަރު އަޅުގަނޑު މެންނަށް ދައުލަތުގެ ބަޖެޓުން ލިބުނު އާމްދަނީ ނިމިދިޔައަހަރާ ބަލާފަ 8.9 މިލިޔަން ރުފިޔާ މަދުން އަޅުގަނޑު މެންނަށް ލިބުނީ!

- މޭޔާރ ޢާޠިފް

ސަރުކާރުން ހުރިހާ އަހަރު ތަކުގައިވެސް ދެމުން ދާ ބަޖެޓަށް ބަރޯސާވެ، މިއަހަރުވެސް ފެށުމުގެ ކުރިން އެތަކެއް ޕްލޭންތަކެއް ހަދާ ވޯކް ޕޮލޭންވެސް އެކުލަވާލައިފާ ވާކަމުގައި މޭޔާރ ޢާޠިފް ވިދާޅުވިއެވެ.

އޭގެތެރެއިން މިއަހަރަށް އެކުލަވާލައިފައިވާ ޕްރޭންތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކެއް ޑިވެލޮޕް ކުރުމާއި، އާޓިފިޝަލް ބީޗް އަކާއި، ރަސްމީ ފާލަމުގެ މަސައްކަތާއި، ކުޅުދުފުށީކުޅީގައި ވިއުއިން ޕޮލެޓްފޯމްއެއް ޤާއިމް ކުރުމުގެ އިތުރުން ޝަހީދު ހުސެއިން އާދަމުގެ ހަނދާނީ ބިނާއެއް ކުޅުދުފުށީގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމުހައި އެ ބޭފުޅާވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅުދުފުށީ ސާވިސް ޕޯޓަލް ޑިގިޓަލައިސ ކުރުމުގެ މަސައްކަތާއި، ކުޅިވަރު ކަރަކާތްތަކާއި ރަށައް ރީތި ނަންލިބޭނެހެން ކުރިއަށްދާ ބޮޑެތި އިވެންޓް ތައްވެސް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ރަށައް ދެމުންދާ ބަޖެޓަށް ބަރޯސާ ވެގެން ކަމުގައިވެސް އެބޭފުލާ ވަނީ ވިދާޅުވެފައެވެ.

ކުޅުދުފުށީގައި މިވަގުތު ކުރިއަށްދާ ޕްރެޖެކްޓްތައް ހުއްޓުމެއް ނެތި ކުރިޔައްދަނީ، ރަށުގެ ރައްޔިތުންނާއި، ކައުސިލުން އާމްދަނީ ހޯދުމަށް ކުރާ ގިނަ މަސައްކަތް ތަކުގެ ސަބަބުން ކަމުގައި ޢާޠިފް ފާހަގަކުރައްވާފައި ވެއެވެ.

ކުޅުދުފުއްޓަކީ އެކުވެރި، ތަރައްގީއަށް ލޯބިކުރާ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަަކަށް ވީއިރު، ކުޅުދުފުށީ ކައުންސިލަކީ ވެސް ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއްގައި ރައްޔިތުން ޝާމިލުކޮށް ރައްޔިތުންގެ ހިޔާލާއި މަޝްޔަރާގެ މަތިން ކުރިޔަށްގެންދާ ރަށެއް ކަގައި ފާހަގަ ކުރެވެއެެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved