February 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވައިގެ ކޮލިޓީ ބަލާ މެޝިންތައް ހަލާކުވެފައި: ހުރިހާ ދިމާލަކުން ސަރުކާރު ފެއިލްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 10, 2026, 04:01 PM
މާލެ ސިޓީ

ރާއްޖޭގެ ވައިގެ ނުސާފުމިން ބެލުމަށް އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އާލާތްތައް ހަލާކުވެ، މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވައިގެ ފެންވަރު ވަޒަންކުރަން ހަރުކުރި ޑިވައިސްތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. މި ތަކެތި މަރާމާތު ނުކުރެވި ހުރުމަކީ ހުރިހާ ދިމާލަކުން ސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރާއްޖޭގެ ވައި ނުސާފުވެ، ދުމުގެ އަސަރު ފެންނަން ފަށާފައިވާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އިރުވައި މޫސުމުގެ މި ދުވަސްވަރު އަވަށްޓެރި ގައުމުތަކުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން އެއާ ކޮލިޓީ އިންޑެކްސް (AQI) މަތިވަމުންދާއިރު، އެކަން ދެނެގަންނާނެ ވަސީލަތްތައް މަސައްކަތް ނުކުރުމަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި މައްސަލާގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، އެޗްޕީއޭ އިން ވައި ނުސާފުވުމުގެ މައްސަލާގައި ސަމާލުވާން އެންގީވެސް އެތައް ދުވަހެއް ފަހުންނެވެ. ވައިގެ ނުސާފުމިން ހުރި މިންވަރު ސީދާ ދެނެގަނެވޭނެ ގޮތެއް ނެތި، ކަމާބެހޭ އިދާރާތަކުން އިރުޝާދު ދިނުމުގައި ލަސްތަކެއް އުޅޭތީ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved