theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ޓައިމްސް އޮފް އިންޑިއާ
ދުނިޔެ
ޓްރިޕޫރާގައި ހިންދުވާތާ ގްރޫޕަކުން މުސްލިމުންގެ މިސްކިތްތަކާއި މުދަލުގައި ރޯކޮށްލައިފި: ފުލުހުން ތިބީ ހިމޭނުން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ޖެނުއަރީ 2026
މާލެ ސިޓީ

އިންޑިއާގެ އުތުރު އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ޓްރިޕޫރާގެ ފާތިކްރޯއީ ސަރަހައްދުގައި ހިންދޫ ހަރުކަށި ޖަމާއަތްތަކަކަށް ނިސްބަތްވާ ބަޔަކު ނިކުމެ، އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރާއި، ފިހާރަތަކުގެ އިތުރުން މުގައްދަސް މިސްކިތްތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި ހަމަލާތައް ހިނގަމުން ދިޔައިރު، ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައި "ހިމޭންކަމާއެކު ބަލަމުން ދިޔަ" ކަމަށް މަންޒަރު ދުށް ފަރާތްތަކާއި މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، އެ ސަރަހައްދުގައި އުފެދިފައިވާ ދީނީ ނުތަނަވަސްކަމުގެ ތެރެއިން، މުސްލިމުންނާ ދެކޮޅަށް ހިންދޫ ހަރުކަށި ފިކުރުގެ މީހުން ހިންގަމުންދާ ނަސްލީ ތަފާތުކުރުންތަކާއި އަނިޔާވެރި އަމަލުތަކުގެ ބައެއްގެ ގޮތުގައެވެ. މި ހަމަލާތަކުގައި އެތައް އާއިލާއެއްގެ ދިރިއުޅުން ވަނީ ބިކަވެ، ގިނަ ބައެއްގެ މުދާ އަނދައި އަޅިއަށް ވެފައެވެ. އަދި މިސްކިތްތަކަށް ދިން ހަމަލާތަކަކީ މުސްލިމުންގެ ދީނީ އިހުސާސްތަކަށް އަރައިގަތުމުގެ ގޮތުން ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް އެ ސަރަހައްދުގެ މުސްލިމް ޖަމާއަތްތަކުން ފާހަގަކުރެއެވެ.

ޓްރިޕޫރާގެ އެކި ހިސާބުތަކުގައި މުސްލިމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް އިތުރުވަމުންދާއިރު، ސަރުކާރާއި ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި އަމަލުތަކަކީ މުސްލިމް އަގައްލިއްޔަތު ބިރުގަންނަވައި، އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ހިންގޭ ނުބައި ރޭވުމެއްގެ ބައެއްގެ ގޮތުގައެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ބިރުވެރިކަން އުފެދިފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަމަށް ސަމާލުކަން ދިނުމަށާއި، ނިކަމެތިވަމުންދާ މުސްލިމުންގެ ހައްގުގައި އަޑުއުފުލުމަށް ދީނީ އިލްމުވެރިންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved