theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު
މަގާމު ދިންތާ 4 މަސް ތެރޭގައި ސްޓެލްކޯގެ އެމްޑީ މަގާމުން ވަކި ކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ޖެނުއަރީ 2026
މާލެ ސިޓީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރިތާ ހަތަރު މަސް ދުވަސް ނުވަނީސް، އަހުމަދު ޝަމާހް ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ޝަމާހް ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޝަމާހް ސްޓެލްކޯގެ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ މަގާމުން ވަކިކުރުމަށްފަހުއެވެ. ފަހުމީ މަގާމުން ވަކިކޮށް ޝަމާހް އެ މަގާމަށް އައްޔަންކުރީ، މާލޭގެ ކަރަންޓުގެ މައްސަލަތައް ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މަގާމާ ހަވާލުވިތާ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރުން މިވަނީ އޭނާ މަގާމުން ވަކިކުރަން ނިންމާފައެވެ.

މިއީ ޝަމާހް މި ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމަކުން ވަކިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ހުންނެވީ މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. ނަމަވެސް ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ފެންމަތިވެ، ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކުރުމަށްފަހު، މޭ 21، 2024 ގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ޝަމާހް މަގާމުން ވަކިކުރުމާ ގުޅިގެން ސްޓެލްކޯގެ ހިންގުން ވަގުތީގޮތުން ހަވާލުކުރާނެ ފަރާތެއް ނުވަތަ އާ އެމްޑީއަކު އައްޔަންކުރުމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved