theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސިޔާސީ މުވައްޒަފުންގެ މެދުގައި ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅޭ ސަބަބާ މެދު ސުވާލުކުރުމުން ރައީސް އޮފީހުގެ ޖަވާބެއް ނެތް! / ތޭރަގްރެފިކްސް
ހަބަރު
ސިޔާސީ މުވައްޒަފުންގެ މެދުގައި ފިޔަވަޅު އެޅުމުގައި ތަފާތުކުރާ ސަބަބާ މެދު ސުވާލުކުރުމުން ރައީސް އޮފީހުގެ ޖަވާބެއް ނެތް!
23 ނޮވެމްބަރު 2025
މާލެ ސިޓީ

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މެދުގައި ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅޭ ސަބަބާ މެދު ސުވާލުކުރުމުން ރައީސް އޮފީހުގެ ޖަވާބެއްނެތް ކަން ހާމަވެއްޖެއެވެ.

އެގޮތުން ހއ ދިއްދޫއަށް، އުތުރުތިލަ އެވޯޑްސް ޝަރަފްވެރިކޮށްދެއްވުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި ދަތުރުފުޅުގައި، މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ތިބި ބަޔަކާ އާއިލީ ގޮތުން ގުޅުން އޮތް ކައުންސިލަރުންތަކެއް ވަނީ ހަވާސާއިން ބޭރުން އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީނާ ހަވާސައިން ބޭރުން ބައްދަލުކުރެއްވީ، ހއ. އިހަވަންދޫ ކައުންސިލްގެ ރައީސްއާ ނައިބު ރައީސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އާ ނައިބު ރައިސް ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ އެ މީހުންނާ އާއިލީ ގޮތުން ގުޅުން އޮތް ދެ މީހަކު ވަނީ ސިޔާސީ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.

ސަސްޕެންޑްކޮށްފައިވަނީ، ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހުގެ ކޮއްކޮ އަދި ހަމަ އެކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަރީބްގެ ޅިޔަނު، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު ޝުޖާއުއެވެ. ޝުޖާއުގެ އިތުރުން ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހުންނެވި އަރީބުގެ ދައްތަ ޝަހުމާ މޫސާ ވެސް ވަނީ ސަސްޕެންޑުކޮށްފައި ކަމަށްވެއެވެ.

ޝުޖާއު ސަސްޕެންޑުކުރިކަން ކަށަވަރުވެފައިވާއިރު، ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު ވަނީ ޝުޖާއުގެ ނަމާއި ފޮޓޯ އުނިކޮށްފައެވެ.

ސިޔާސީ މުވައްޒަފުންތަކެއްގެ އާއިލީ ބަޔަކު ރައީސް ޔާމީނާ ބައްދަލުކުރުމުން އެމީހުން ވަޒީފާތަކުން ސަސްޕެންޑުކުރި އިރު މިފްކޯގެ އެމްޑީއަކަށް ހުއްޓާ ސަސްޕެންޑްކޮށް ފަހުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކުރި އަހުމަދު ސަމާހު ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފްރޮންޓު އޮފީހަށް ގޮސް އެތަނުގައި ރައީސް ޔާމީނާ ބައްދަލުކޮށް ސަލާންކޮށް ހެދުމުން އެކަމުގެ ބިރަށް ރައީސް މުއިއްޒު ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އޭނާއަށް ސްޓެލްކޯ އެމްޑީކަން ދީ ޕްރޮމޯޓުކޮށްފައެވެ.

މި ދެ ހާދިސާގައި ސަރުކާރުގެ ސްޓޭންޑު ތަފާތުވުމުގެ ސަބަބާ މެދު ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ޗެނަލް13 އިން ސުވާލުކުރުމުން އެމަނިކުފާނު ވަނީ ސުވާލު "ސީން ޒޯން"ގައި ބައިންދާފައެވެ. އަދި މިއީ ކިހިނެތް އޮންނަ ހަމައެއް ތޯއާ ސަރުކާރުން ބުނާ ހަމަހަމަކަމާ އިންސާފާ ތަފާތުނުކުރުމަކީ މިއީ ތޯ އެހުމުން ވެސް ޚަލީލު އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

ރައީސް މުއިއްޒު ސަރުކާރަށް ދެ އަހަރު ފުރުނު މުނާސަބާގައި ވިދާޅުވި ގޮތުގައި އިސްލާމީ އުސޫލުތަކާ ޚިލާފު ނުވެ ޑިމޮކްރެޓިކު ހަމަތަކާ އެކު ޚިޔާލު ފާޅުކުރެވޭނެއެވެ. ނަމަވެސް ފެންނަމުންދާ މަންޒަރުތަކުން ހާމަވަނީ ރައީސް މުއިއްޒުގެ ބަހާ އަމަލާ އެހެން ކަންތައްތަކޭ އެއްފަދައިް މިކަމުގައި ވެސް ދިމާނުވާ މަންޒަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved