ސްޓޭޓު އިލެކްޓްރިކު ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ އެމްޑީއެއްގެ މައްސަލަ އެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލާކަމަށް ބުނެފިއެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލަމުންދަނީ އިއްޔެ މަގާމުން ވަކިކުރި ސަމާހު ރަޝީދުގެ މައްސައެކެވެ.
އެގޮތުން "އްަަދަދު" ނޫހުގައި އެސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ ސްޓެލްކޯގެ ކުރީގެ އެމްޑީއެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންއެމްޑީއެއްކަން އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިނުވެއެއެވެ.
ނަމަވެސް އަދަދު ނޫހުގްައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭސީސީއިން ބަލަން ފަށާފައިވަނީ ސަމާހްގެ މައްސަލައެކެވެ.
ސްޓެލްކޯގެ އެމްޑީކަމުން ސަމާހު އިއްޔެ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އިއުލާންކުރިއިރު، އޭނާ ވަކިކުރި ސަބަބު ހާމަކޮށްފައިނުވެއެވެއެވެ. ހަމައެހެންމެ މިހާތަނަށް ސަރުކާރުން ވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
ނަމަވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަމާހު މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒުއާ ސަމާހުއާ ދެމީހުންގެ ދެމެދުގައި އޮތް ޒާތީ މައްސަލައެއްގެ ރުޅިވެތިކަމުގެ ތެރެއިންނެވެ.