June 18, 2026
Advertisement
-
- / ސްޓެލްކޯ

ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

Aiminath Sarah
އައިމިނަތް ސާރާ
Dec 14, 2025, 08:29 PM
މާލެ ސިޓީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު ބޮޑު އަނިޔާތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރު އަހުމަދު އަޒްމީލްގެ ހަށިގަނޑު، އާއިލާގެ އެދުމުގެ މަތިން މާލެ ގެނައުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Advertisement

އުމުރުން 43 އަހަރުގެ އަޒްމީލް ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު، ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމާފައިވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ހަށިގަނޑު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމެއް ވެސް އެ ކުންފުނިން ދަނީ ބަލަހައްޓަމުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން އުންމީދު ކުރަނީ އަޒްމީލްގެ ހަށިގަނޑު އަންނަ ހޯމަ ނުވަތަ އަންގާރާ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved