March 19, 2026
Advertisement
-
- / ސްޓެލްކޯ

އަޒްމީލްގެ ޖަނާޒާ މިރޭ ޢިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 16, 2025, 11:28 PM
މާލެ ސިޓީ

ޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން ނިޔާވި ހ. ސަވާ، އަހްމަދު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސް، މިރޭ އޭނާގެ ޖަނާޒާ ބޭއްވުމަށް އާއިލާއިން ނިންމާފިއެވެ.

Advertisement

މެއި މަހުގެ ތެރޭގައި ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި 43 އަހަރުގެ އަޒްމީލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

މި އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އާއިލާގެ އެދުމުގެ މަތިން، އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ ހުރިހާ އިންތިޒާމެއް ވެސް ސްޓެލްކޯއިން ވަނީ ހަމަޖައްސާފައެވެ.

އަދި މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތް ނުވަތަ މަސްޖިދު ޒައިދު ބިން ޘާބިތް ގައި އޭނާގެ ޖަނާޒާ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ވެމްކޯގެ ގއ.ދިޔަދޫ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކަށް ޑީސަލް ބޮވިގެން އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވާ ފަރުވާ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved