theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ގްލޯބަލް ޓައިމްސް
ދުނިޔެ
ސަހްޔޫނީން ލުބުނާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި: 10،000 އަށްވުރެ ގިނަ ފަހަރު އެއްބަސްވުންތަކާ ޚިލާފުވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ޖެނުއަރީ 2026
މާލެ ސިޓީ

ސަހްޔޫނީ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ކްފާރު ހައްތާ އަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތަންތަނުން ހުސްކުރުމަށް އިންޒާރު ދިނުމަށް ފަހުގައެވެ.

ސަހްޔޫނީ އަސްކަރިއްޔާއިން ބުނަމުންދަނީ މި ހަމަލާތަކަކީ ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިންފްރާސްޓްރަކްޗާ ނުވަތަ އަސްކަރީ ވަސީލަތްތައް ނައްތާލުމަށް ދެވޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އދ. އިން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، ސަހްޔޫނީން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެކަނިވެސް، ސަހްޔޫނީން 10،000 އަށް ވުރެ ގިނަ ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް އދ. ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ލުބުނާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އަދި ގައުމުގެ ސިޔާދަތަށް އަރައިގަނެ ސަހްޔޫނީން ހިންގަމުންދާ މި އަމަލުތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސިފަކުރަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހި، ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved