ރައީސް އަބްދުﷲ ޔާމީން މިނިވަންނުވެގެން އުޅެނީ އެމަނިކުފާނު ގައުމަސް ގެނެސްދެއްވި ތަރައްގީގެ ފިކުރުގެ ތެރެއަށް ބަޔަކު ވައްދައި އެ ފިކުރު ފަކުރަކަށް ހެދުމުން ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާއަށް ކުރިމަތި ލައްވާ އަލީ ފާރޫގު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަސް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފާރޫގު ވިދާޅުވީ ސަރުކާރަކީ ގިނަ ދިވެހިން ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރެއް ނަމަވެސް ސަރުކާރުގެ ހަލާކު އިންތިހާބުގެ ދެވަނަ ބުރުގެ ތެރެއިން ފެށީގެން ގޮސް އިންތިހާބު ކާމިޔާބުވެ ހުވާ ކުރެއްވުމަށް ފަހު ރަގަޅަށް ފެށިގެން ދިޔަ ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ ފިކުރާ ބީރައްޓެހި ފިކުރުގެ މީހުން މަޖިލީހުގެ ތެރެއިންވެސް ގެނެސް އަދި ސަރުކާރުގެ މަގާމުތަކަށް ވެސް އައްޔަންކޮށް މުޅި ނިޒާމު ގަނޑުބަޑުކޮށް ރައީސް ޔާމީން މިނިވަންކުރުމުގެ މަތިންވެސް ހަނދާން ނައްތާލި ކަމަށް ފާރޫގު ވިދާޅުވިއެވެ.
އަޅުަޑުމެން މި ސަރުކާރު ގެންނަން ނުހަނު ގިނަ މަސައްކަތްކުރިން.އޭގެ މައިގަނޑޫ އެއް ސަބަބކީ ރައީސް ޔާމީން މިިނިވަން ކުރުން. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ މިނިޓުން ފެށީގެން އަޅުގަޑޫމެންގެ ރައީސް، ރައީށް ޔާމީން މިނިވަންކުރައްވާނެކަމުގެ ވައުދުވި. އެ ވައުދާ އެހެން އޮތުމުން އަޅުގަޑުމެން ސަރުކާރު ގެންނަން މަސައްކަތްކުރީ. ނަމަވެސް ތިޔަ ވިދާޅުވާ ބަޔަކު އެތަނަށް ވަނީމަ ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދުގެ މަތިންވެސް މިހާރު ހަނދާނެއް ނެތް.
ފާރޫގު އިތުރަށް ވިދާޅުވި ރައީސް ޔާމީން މިނިވަންކޮށް ގައުމުގައި އެމަނިކުފާނުގެ ފިކުރާ އެއް ގޮތަސް ކަންކަން ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ވިސްނުމުގެ މީހުންނަށް މަޖިލީހުގެ ތެރެއިން ފުރުސަތު ލިބުން މުހިމު ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ އަޑު އިއްވާނެ ބަޔަކު ހޮވަން ރައޔްިތުންނަށް ފާރޫގު ވަނީ ގޮވާލައްވާފައެވެ.