theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ބީބީސީ
ދުނިޔެ
އިންޑިއާގައި އާންމުން މަރާލުމުގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ އެންމެ ނުރައްކާތެރި ލިސްޓުގެ ކުރިއަށް އަރައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާގެ ހޮލޮކޯސްޓް މެމޯރިއަލް މިއުޒިއަމުން ނެރުނު 2025-2026 ވަނަ އަހަރުގެ "އާލީ ވޯނިންގް" ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ފެންވަރުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން (ސިވިލިއަންސް) މަރާލުމުގެ ނުރައްކާ އެންމެ ބޮޑު ހަތަރު ގައުމުގެ ތެރޭގައި އިންޑިއާ ހިމެނިއްޖެއެވެ.

މި ރިޕޯޓަކީ ދުނިޔޭގެ ގައުމުތަކުގައި ނަސްލު ނައްތާލުމާއި، ގިނަ ބަޔަކު މަރާލުމުގެ ފުރުސަތު އޮތް މިންވަރު ބަލައި ތައްޔާރުކުރާ ރިޕޯޓެކެވެ. މިފަހަރުގެ ރިޕޯޓުން ދައްކާގޮތުގައި، އިންޑިއާގައި އޮތް ހަރުކަށި ފިކުރުގެ ސިޔާސަތުތަކާއި، ވަކި ދީންތަކަކަށް ނިސްބަތްވާ މީހުންނާ މެދު ބާއްވާ ތަފާތުކުރުންތަކުގެ ސަބަބުން އެ ގައުމަކީ އާންމުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް އޮތް ތަނެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ޚާއްޞަކޮށް އިންޑިއާގެ މައިނޯރިޓީ ނުވަތަ މަދު އަދަދެއްގެ މީހުން އުޅޭ ދީނީ ޖަމާއަތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތަކާއި، ސަރުކާރުން އެކަންކަމަށް ހިތްވަރުދޭ ފަދަ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގައިދާނެ ކަމުގެ އިންޒާރު މިއުޒިއަމްގެ ރިޕޯޓުގައި ވަނީ ދީފައެވެ.

މި ރިޕޯޓުގައި އިންޑިއާ ހިމެނިފައިވަނީ މިޔަންމާރ، ޗާދް، ސޫދާން ފަދަ ދާޚިލީ ހަނގުރާމަތަކާއި ނުތަނަވަސްކަން ބޮޑު ގައުމުތަކާއެކު އެންމެ ނުރައްކާތެރި ގިންތީގައެވެ. މިއީ އިންޑިއާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved