March 1, 2026
Advertisement
ޝިއުނާ ޒަރިޔަންދުއާ އަޅައިގަނެއްޖެ
ޝިއުނާ ޒަރިޔަންދުއާ އަޅައިގަނެއްޖެ / ތޭރަގްރެފިކްސް

ޒަރިޔަންދު ފަހަތުން ނެއްޓެން ނޭނގިގެން ޝިއުނާ ހިންގާ ބްލޮގަކުން ދޮގު ޚަބަރު ފަތުރަނީ!

Yana Shareef
ޔާނާ ޝަރީފް
Jan 15, 2026, 06:15 AM

ޒަރިޔަންދު ކުރިން ޕީއެންއެފް އިން ވާދަކުރަން ނިންމިކަމަށާއި ފަހުން އަމިއްލަ ގޮތުން ވާދަކުރަން ނިންމީކަމަށް ބުނެ ސަރުކާރުގެ އެކްޓިވިސްޓް މަރިޔަމް ޝިއުނާ ހިންގާ ބްލޮގަކުން ދޮގު ޚަބަރު ފަތުރައިފިއެވެ.

Advertisement

މިކަމާ ގުޅިގެން ޕީއެންއެފް އިން "ޗެނަލް 13" އަށް މައުލޫމާތު ދެމުން ބުނީ، އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.

ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިސްމާއިލް ޒަރިޔަންދު ވާދަކުރައްވަނީ އަމިއްލަ ގޮތުންކަމަށާއި އެއްވެސް އިރެއްގައި ޕީއެންއެފް ގެ ޓިކެޓުގައި ވާދަކުރަން ނުނިންމާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެ ޕާޓީން ބުނީ، ޒަރިޔަންދު އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް އޭނާއަކީ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް އެންޑޯޒްކުރެއްވި ގައުމީ ކެންޑިޑޭޓުކަމަށެވެ. އެކަމަށް ބަދަލެއް އައިސްފައިނުވާކަމަަށާއި ބަދަލެއް ނުވެސް އަންނާނެކަމަށް ޕީއެންއެފް އިން ވަނީ ބުނެފައެވެ.

ޝިއުނާ ހިންގާ ބްލޮގުގައި ލިޔެފައިވަނީ ޒަރިޔަންދު، ރައީސް ޔާމީންގެ ތާއީދު ހޯދުމަށް އެ ފެކްޝަނާ ގުޅުމަށްފަހު، ކުއްލި ގޮތަކަށް އެ ފަޅި ދޫކޮށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމިކަމަަށެވެ.

ކޮމެންޓު
ކޮމެންޓްތައު
ޝިއު
Jan 15, 2026, 07:23 AM
މޫނު އަޅައިގެން އެއުޅެނީ ސަރުކާރުން ހަދާ ދޮގުތަކުން މީހުންތެރެއަށް ނުކުންނަން ނުކެރިގެން. ހެހެހހެ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved